|
Article in other languages:
|
އަވަސް ކަޅިއަކުން ބަލައިލުމެއްސަޢޫދީ ޢަރަބިއްޔާގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. އިނގިރޭސި ބަހުން ސަޢޫދީ މީހުންނަށް ކިޔަނީ ސައުދީސް ނުވަތަ ސައުދީ އަރަބިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ރިޔާޒެވެ. ސަޢޫދީގެ ވެރިރަށަކީ ވެސް ރިޔާޒެވެ. ސަޢޫދީ ޢަރަބިއްޔާއަކީ އިސްލާމިކް އެބްޒޮލިއުޓް މޮނާކީއެކެވެ. ޤައުމުގެ އާބާދީއަކީ 25 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 46 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 2.2 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sa. އެވެ. ކޯލިން ކޯޑަކީ +966 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސައުދި އަރަބިޔަން ރިޔާލެވެ. ނަންސަޢޫދީ ޢަރަބިއްޔާގެ ނަން ނިސްބަތްވަނީ މުޙައްމަދު ބިން ސުޢޫދަށެވެ. އެއީ މީލާދީން 18 ވަނަ ޤަރުނުގައި އުޅުއްވި ވެރިއެކެވެ. ބައެއް ފަހަރު ސަޢޫދީ ޢަރަބިއްޔާއަށް “ދަ ލޭންޑް އޮފް ޓޫ ހޮލީ މޮސްކްސް” އޭ ވެސް ކިޔައެވެ. ޖުޣުރާފީސަޢޫދީ ޢަރަބިއްޔާގެ ހުޅަނގު އުތުރުގައި އޮތީ އުރުދުންއެވެ. އުތުރާއި އިރު އުތުރުގައި އޮތީ ޢިރާޤެވެ. އިރުމަތީގައި އޮތީ ކުވައިތާއި ޤަޠަރާއި ބަޙްރައިނާއި އެކުވެރި ޢަރަބި އިމާރާތެވެ. އިރުދެކުނުގައި އޮތީ ޢައްމާނެވެ. ދެކުނުގައި އޮތީ ޔަމަނެވެ. އިރުއުތުރުގައި އޮތް ކަނޑަކީ ޚަލީޖް ފާރިސެވެ. ހުޅަނގުގައި އޮތީ ރަތްކަނޑެވެ. ތާރީޚުސަޢޫދީ ޢަރަބިއްޔާ އޮތް ސަރަޙައްދަކީ ޤަދީމީ ތާރީޚެއް ލިބިފައިވާ ސަރަޙައްދެކެވެ. އެންމެ އިތުބާރު ހުރި ގޮތަކުން އެނގިފައިވާ ގޮތުގައި މި ބިމުގައި އެންމެ ފުރަތަމައަށް ދިރިއުޅެން ފެށި އިންސާނުންނާ ވެސް މިބިމާ ވަނީ ގުޅިފައެވެ. އިންސާނީ ނަޢުގެ ބައްޕަ އާއި މަންމަ ކަމުގައިވާ އާދަމުގެފާނާއި ޙައްވާގެފާނު މައްކާގެ ބިމުގައި ފައިންޕުޅު ބީއްސަވާފައިވާކަން ތާރީޚީ ފަތްފުށްތަކުން އެނގެއެވެ. އަދި މިއަދު މުސްލިމުންގެ ޤިބްލައެއް ކަމުގައި ހުރި ކަޢުބާ އެންމެ ފުރަތަމަ ބިނާ ކުރެއްވީ ވެސް އާދަމުގެފާނުކަމަށް ތާރީޚީީ ފަތްފުށްތަކުގައިވެއެވެ. މީލާދީން ހަތް ވަނަ ޤަރުނުގައި މުޙައްމަދުގެފާނުގެ ރިސާލަތު ފެށްޓެވި ބިމަކީ ވެސް މިއަދުގެ ސަޢޫދީ ޢަރަބިއްޔާގެ ބިމެވެ. އެހެން ނަމަވެސް މިއަދުގެ ސަޢޫދީ ޢަރަބިއްޔާގެ އަޞްލު ކަމުގައިވާ ސުޢޫދީ ދަރިކޮޅުގެ ވެރިކަން ފެށިފައިވަނީ 1744 ވަނަ އަހަރުގައެވެ. މި ދަރިކޮޅުގެ ފެށުމަކީ މުޙައްމަދު ބިން ސުޢޫދެވެ. އެއީ ރިޔާޒު ކައިރީގައި އޮންނަ ޓައުނެއް ކަމުގައިވާ އައްދަރްޢިއްޔާގެ ވެރިޔާއެވެ. މުޙައްމަދު ބިން ސުޢޫދުގެ ބައިވެރިން ދީނީ ޢިލްމުވެރިއެއް ކަމުގައިވާ އިމާމް މުޙައްމަދު ބިން ޢަބްދިލްވައްހާބްއާ ގުޅިގެން ސިޔާސީ ބާރެއް އުފެއްދިއެވެ. 18 ވަނަ ޤަރުނުގައި އުފަންވި މި އިއްތިޙާދަކީ މިހާރު ސަޢޫދީ ޢަރަބިއްޔާގައި ހިނގަމުން އަންނަ ވެރިކަމުގެ ވެސް ބިންގަލެވެ. އެންމެ ފުރަތަމަ ސަޢޫދީ ދައުލަތް ދެމިއޮތީ 1744 އިން 1818 އަށެވެ. ދެވަނަ ސަޢޫދީ ދައުލަތް ދެމިއޮތީ 1824 އިން 1891 އަށެވެ. ތިންވަނަ ސަޢޫދީ ދައުލަތް ޤާއިމުވީ 1900 ވަނަ އަހަރުގައެވެ. އެއަށް ފަހު މިއަދާ ހަމަޔަށް ވެސް މި އޮތީ އެ ދައުލަތެވެ. 3 މާރިޗު 1938 ގައި އެ ޤައުމުން ތެޔޮ ފެނުމާއެކު ސަޢުދީ ޢަރަބިއްޔާ މުޅީން ބަދަލުވެގެން ދިޔައެވެ. ޑެމޮގްރަފިކްސްސަޢޫދީ ޢަރަބިއްޔާގެ އަހުލުވެރީންގެ ތެރެއިން އެންމެން ވެސް ބެލެވިފައިވަނީ ޢަރަބީންގެ ގޮތުގައެވެ. އެހެން ނަމަވެސް ކުރީގައި އެ ބިމުގައި ވަޒަންވެރިވެފައިވާ ތުރުކީންނާއި ޙަބަޝީންނާއި ފާރިސީންގެ އަސަރުވެސް ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުންގެ ތެރެއިން ފާހަގަކުރެވެއެވެ. ކުރީގައި މުސްލިމުންގެ ތެރެއިން އެތައް ބަޔަކު މި ބިމުގައި ވަޒަންވެރިވަމުން ދިޔަ ނަމަވެސް ޤައުމިއްޔަތުގެ ވަކިތަކުގެ ދަށުވެފައިވާ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ޤަބޫލުކުރާ ގޮތުގައި އެ ޤައުމުގެ ބިމަކީ ހަމައެކަނި އެ ޤައުމުގެ ސިޔާސީ ސަރަޙައްދުގައި މިހާރު ވަޒަންވެރިވެ ތިބި މީހުންގެ ޙައްޤެކެވެ. ސަގާފަތުސަޢުދީ އަރަބިއްޔާގެ ސަގާފަތު ބައްޓަންކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ އިސްލާމްދީނެވެ. އެހެން ނަމަވެސް ބައެއް ކަހަލަ ޤަދީމީ ޢަރަބި އާދަތައް އަދިވެސް ގެންގުޅެވޭކަން ފާހަގަ ކުރެވެއެވެ. އިޤްތިޞާދުތެލުގެ މުއްސަނދިކަން ލިބިފައިވާ ސަޢުދީ އަރަބިއްޔާއަކީ އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 23814 ޑޮލަރެވެ.
Questions for article: |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
This article is from Wikipedia. All text is available under the terms of the GNU Free Documentation License.
IHS Europe: Infrared Heating Systems for Home and Business.